Friday, December 3, 2010

Dhoom dhoom (english)




Lyrics:

Dhoom dhoom come and light my fire
Dhoom dhoom let me take you higher
Dhoom dhoom wanna feel that burnin'
Dhoom dhoom it' s a wild emotion
Dhoom dhoom passion and devotion
Dhoom dhoom now the wheels are turnin'
Move your body close to mine now
Let me feel your love divine now
Together we' ll explode and we' ll go
Boom boom boom boom
Dhoom machaale dhoom machaale dhoom -4


Dhoom dhoom am gonna make you sweat now
Dhoom dhoom let' s get all wet now
Dhoom dhoom gotta get down on it
Dhoom dhoom till the early morning
Dhoom dhoom until the dawning
Dhoom dhoom I know that you want it
Shake your body down to the ground
Once you go there' s no turnin' round
Tonight we gonna make the world go
Boom boom boom boom
Dhoom machaale dhoom machaale dhoom -4


This burning inside you know you just cannot hide
So don' t fight the feeling just let your body decide
Where you get down on the road
It' s a wild overload
Ridin' higher than you ever did before
Dhoom dhoom let your body do the talkin'
Dhoom dhoom I wanna keep on rockin'
Dhoom dhoom I want it twenty four seven
Dhoom dhoom get the rhythm of the beat now
Dhoom dhoom feel the fire and the heat now
Dhoom dhoom take a trip to heaven
I wanna feel the wind in my hair now
Spread the power everywhere now
Feel the magic just go zip zap zoom…
Dhoom machaale
Dhoom machaale dhoom machaale dhoom -4

Saturday, November 13, 2010

Nasheed My Mother لسوف أعود يا أمي By Ahmed Bukhatir

لسوف أعود يا أمي


 

A Wonderful Nasheed (( Vocal Song )) By Ahmed Abu-Khater ,, It's Called Ummi (( My Mother )) ,, And It Is A MUST Watch ..
MP3

The Translation :
I Will Come Back Mother Kissing Your Luscious Head
Divulging My Longing To You And Sipping Your Right Hand's Essence
Nuzzling My Cheek In Your Feet's Soil
Watering The Ground With My Joyful Tears
How Many Nights You Were Sleepless Working To Get Me Sleeping Like A Kid
And How Many Times You Were Thirsty But You Worked To Water Me With All Tenderness
And I Will Never Forget Your Rainy Eyes When I Was Sick
And Your Restless Eye Scared Of Any Danger May Happen To Me
And What About Our Farewell In That Dawn ,, What A Hard Dawn It Was
No Heart Can Ever Describe The Abandonment That You Faced By Me
Then You Said Something I Couldn't Forget Up Until Now :
It's Impossible That You Will Find Warmer Arms Than Mine


Oh My (( Life's Joy )) The Creator Of The Universe Commanded Me To Be Loyal To You
Your Content Is The Secret Of My Good Fortune And Your Love Is My Faith's Sparkle
Don't Be Sad Mother ,, Here Am I ,, I Came To You With Teary Eyes
Don't Be Sad Mother ,, There Will Be No Separation From Now On ,, Until The Separation Of Death



Highest Rated Comments

khanharoonkhanbahria 

you know my friends call me a rock.....a real rock because if some one die it dont make me cry even my grand father died last year but that doest make me cry......but to be honest this video make me cry after 6 years......by god after 6 years...

alinouf 

i can't imagine my life without, god bless my mom and all of yours

bidaar2dheere 

Ohhhhh Mother I hope you get everything you need on the universe. I love you really and always pray ALLAH give you complete happiness and full of respect to the others. Mother, I want to emphasize the people how they give you respect. I love you mum

apopkasss 

Though I love my mother, there are times i unleash my anger on her... What if its her last day falls after the day i yelled at her.... questions like these scare me. Inshallah this time i'll try my best to please her and not be sarcastic, for i dont want to burn in hell nor destroy my future and present by displeasing her.

MrKaratekid89

Its an eye opener for me. I will start treating my mother better from now on... I promise

TojiddinJana 

Thanks a lot bro. Let Allah allow our parents to live, healthy and happy and provide us the true paradise beneath their feet!!! Ameen


Wednesday, November 10, 2010

World’s hottest female hacker appears in NYC court




















Kristina Svechinskaya - who has been dubbed the "world's hottest female hacker" - recently appeared in a NYC courtroom to face charges of stealing $35,000 for the notorious Eastern European ZBot cyber-criminal gang.

Sexy, eh? Definitely!



















Still, as Sophos senior security researcher Graham Cluley notes, the jury is still out on whether or not the fetching Svechinskaya is actually a bona fide hacker.

“Kristina has been charged with one count of conspiracy to commit bank fraud and one count of false use of passports. [Yet], that’s not how I would define hacking,” opined Cluley.

“[Yes], prosecutors claims that Svechinskaya was recruited to join a ‘mule’ organzation that had numbered over two dozen participants and had contact with computer hackers and individuals who could provide fake passports.

“[Nevertheless], there’s nothing really there to suggest, even if she was proven guilty, that she’s a hacker.”

Fair enough.

But that isn’t really the point of Kristina Svechinskaya or her photos, is it?

Tuesday, November 9, 2010

ހެރެތެރެ ތައިލެންޑްގެ އޮނިކްސް އަށް ކުއްޔަށް ދިނުމަށް ނިންމައިފި


ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން[އެމްޓީޑީސީ] އިން އައްޑު އަތޮޅުގައި ހަދާފައިވާ ހެރެތެރެ އައިލެންޑް ރިސޯޓް އަންނަ މަހުން ފެށިގެން ތައިލެންޓްގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕަށް ކުއްޔަށް ދޭން ނިންމައިފި އެވެ.

އެމްޓީޑީސީ އާއި އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފަ އެވެ. އެދެ ފަރާތުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުން ބުނެފައި ވަނީ އެމްޓީސީސީ އާ ގުޅިގެން އެ ރިސޯޓު އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު ފެށެން ވާއިރަށް އެ ރިސޯޓުގައި އިތުރު ބީޗް ވިލާތަކާއި ކުޅިވަރު ކުޅޭނެ އިތުރު ތަންތަން ބިނާކުރާނެ ކަމަށެވެ.

އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕަކީ ދުނިޔޭގެ އެތައް ގައުމެއްގައި ތަފާތު ހޮޓެލް ބުރޭންޑްސްތައް އޮޕަރޭޓް ކުރަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި އަމާރީ އާއި ސެފްރޯން ފާހަގަ ކޮށްލެވެ އެވެ. ހެރެތެރެ އައިލެންޓް ހޮޓެލް ހިންގުމަށް އޮނިކްސް އިން ކަޑަ އަޅާފައި ވަނީ އަމާރީ ބުރޭންޑްގެ ދަށުންނެވެ.

ހެރެތެރެ ހިންގުމަށް އޮނިކްސް ހޮސްޕިޓޭލިޓީ ގުރޫޕަށް އެ ރަށް ކުއްޔަށް ދިނީ ކިހާވަރަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް ވެސް އެމްޓީޑީސީ އިން ހާމައެއް ނުކުރެ އެވެ.

Monday, November 8, 2010

ފުޓްބޯޅައިގެ ތާރީޚަށް ނަޒަރެއް

ފުޓްބޯޅައަކީ ޤަދީމީ ކުޅިވަރެކެވެ. މީލާދުގެ 2500 އަހަރު ކުރިން ޗައިނާ މީހުން ފުޓްބޯޅަ ކުޅެފައިވެ އެވެ. އޭރު އެބައިމީހުން، މޮޅުވާ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމަށްޓަކައި ހަފުލާތައް ބާއްވާފައިވެ އެވެ. އަދި ދެރަވާ ޓީމުގެ ކުޅުންތެރިންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވެ އެވެ. ޒަމާނުގެ ދުވަސްތަކާއެކު، ޗައިނާގައި ފުޓްބޯޅަ ތަރައްޤީވަމުންދިޔަ އެވެ. ޗައިނާ މީހުން ފުޓްބޯޅައަށް ކިޔާފައިވާ ނަމަކީ، ކޫޖޫ (Cuju) އެވެ.

އޭރު ޗައިނާގައި ފުޓްބޯޅަ ކުޅެފައިވަނީ ފައިންނެވެ. ގޯލް ބަހައްޓާފައިވަނީ ކުޅޭތަނުގެ މެދުގަ އެވެ. ކުޅުންތެރިން، ބޯޅަ ބިމުގައި ނުޖައްސައި ގޯލަށް ގެންދެވޭތޯ ބަލަ އެވެ.

މީލާދުގެ ކުރީގެ 476-221 އާ ދެމެދު ކޫޖޫއަކީ ޗައިނާގައި މަޤުބޫލުކަން ލިބިފައިވާ މަޝްހޫރު ކުޅިވަރެކެވެ. ޢަސްކަރީ ތަމްރީނެއްގެ ގޮތުގައި ކޫޖޫ ބޭނުންކުރެވުނެވެ. އެބައިމީހުން ކުޅުނު ބޯޅައިގެ އެތެރެ ފުރެންދެން ކެހެރި އަޅާފައިވެ އެވެ.

މީލާދީން 600 ވަނަ އަހަރު ޖަޕާނު މީހުން ފުޓްބޯޅަ ކުޅެފައިވެ އެވެ. ޖަޕާނުމީހުން އެންމެ ފުރަތަމަ އެޔަށް ދީފައިވާ ނަމަކީ، (Kemari) އެވެ. މި ކުޅިވަރުގެ އަޞްލަކީ، ޗައިނާގެ ކޫޖޫ އެވެ. ޖަޕާނުގައި އެކުޅިވަރު ކުރިއަރައި ތަރައްޤީވި އެވެ. ޖަޕާނު ކުޅުންތެރިން ގޯލް ފާހަގަކޮށްފައިވަނީ، ދެ ދަނޑިންނެވެ. ކޮންމެ ދަނޑިއެއްގެ އުސްމިނަކީ ފަސްފޫޓެވެ. ކުޅެން ބޭނުންކުރި ބޯޅައިގެ ވަށަމިނަކީ ގާތްގަނޑަކަށް 22 ސެންޓިމީޓަރެވެ. މުބާރާތުގެ ދިގުމިނަކީ، ގާތްގަނޑަކަށް 20 މިނެޓެވެ.



އިހުޒަމާނުގައި ޔޫނާނީންނާއި ރޫމީން، އެކިއެކި ބޯޅަ ގޭމްތައް ކުޅެފައިވެ އެވެ. ޔޫނާނީން ކުޅެފައިވާ އެފަދަ ގޭމްތަކުގެ ތެރޭގައި ފައިން ކުޅޭ ބޯޅަ ގޭމް ހިމެނެ އެވެ. އޭރު އެކުޅިވަރަށް (episkyros) ނުވަތަ (phaininda) މިނަން ކިޔާފައިވެ އެވެ. މީލާދުގެ ކުރީގެ ހަތަރުވަނަ ޤަރުނުގައި އުޅުނު ލިޔުންތެރިއެއް ކަމަށްވާ އެންޓިފާނިސްގެ (Antiphanes) ލިޔުންތަކުގައި އެކުޅިވަރު ނަންގަނެވިފައިވެ އެވެ. ބައެއް މުއައްރިޚުންގެ ނަޒަރުގައި، އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެންފެށީ، ޔޫނާނު މީހުންނެވެ.

މީލާދުގެ ކުރީގައި މިޞްރު މީހުން ފުޓްބޯޅަ ކުޅުނެވެ. އެޒަމާނުގައި މިޞްރު މީހުން ބޯޅަ ހަދާފައިވަނީ، ލަކުޑިންނާއި ޖަނަވާރުގެ ހަމުންނާއި ފަތުންނެވެ. އެތަކެތިން ހަދާފައިވާ ބޯޅަތައް ރީތިކޮށް ޒީނަތްތެރިކުރުމަށްޓަކައި އޭގައި ގަދަ ކުލަތަކުން ކުލަޖައްސާފައިވެ އެވެ.

މީލާދީން 448 ވަނަ އަހަރު މިޞްރަށް ޒިޔާރަތްކުރެއްވުމަށްފަހު ހިރޯޑްޓަސް ލިޔުއްވާފައިވެ އެވެ.
"އަޅުގަނޑު މިޞްރަށް ދިޔައިރު، މިޞްރު މީހުން ބޯޅަ ކުޅެ އެވެ. އެއީ ބަކަރިހަމުން ހަދާފައިވާ ބޯޅައެކެވެ. އޭގެތެރެއަށް އަޅާފައިވަނީ ކަފައާއި ހުޔެވެ. ވާދަވެރި ދެ ޓީމެއްގެ ކުޅުންތެރިން، ފައިން އެ ބޯޅަ ކުޅެ އެވެ. ކަނޑައެޅިފައިވާ ވަކި ތަނަކަށް އެއްޓީމެއްގެ ބަޔަކު އެބޯޅަ ގެންދިއުމުން އެބައިމީހުންނަށް އެ ޖެހުނީ ގޯލެއް ކަމަށް ބެލެވެ އެވެ."

އިހުޒަމާނުގައި ޢަރަބީން ފުޓްބޯޅަ ކުޅެފައިވާކަން، ޢަރަބީންގެ ޖާހިލިއްޔަ ޒަމާނުގެ ޅެންތަކުން އެނގޭކަމަށް ބައެއް ބާހިސުން ލިޔެފައިވެ އެވެ.

މިޒަމާނުގެ ފުޓްބޯޅަ ތަޢާރުފުވެގެން އައީ، އިނގިރޭސިވިލާތުންނެވެ. ޑެންމާކުގެ ޢަސްކަރީ ބާރުތައް އިނގިރޭސިވިލާތުން ބޭރުކުރުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން، 1016 މ. ވަނަ އަހަރު، އިނގިރޭސީން ފުޓްބޯޅަ ކުޅުނެވެ. އެކުޅިވަރުގައި އެބައިމީހުން ބޭނުންކޮށްފައިވަނީ މަރުވެފައިވާ ޑެންމާކު މީހުންގެ ގުނަވަންތައް ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ. އަދި އެބައިމީހުން ބޭނުންކުރީ، ޑެންމާކު ލަޝްކަރުގެ ލީޑަރުގެ ބޯ ކަމަށް ވެސް ބައެއް ލިޔުންތަކުގައިވެ އެވެ. މިހެންވެ، އެކުޅިވަރު ކުޅުން މަނާކުރެވުނެވެ. ނަމަވެސް އެކުޅިވަރު ޢާއްމުންގެ ތެރޭގައި ފެތުރުން ހުއްޓުމެއްނެތި ކުރިޔަށްދިޔަ އެވެ. ދެން އެކިއެކި ސަބަބުތަކަށްޓަކައި، ރަސްމީގޮތުން އެކުޅިވަރު މަނާކުރެވުނެވެ. އަދި ފުޓްބޯޅަ ކުޅެފި މީހަކަށް ދޭންޖެހޭ އަދަބަކީ، އެއް ހަފުތާގެ މުއްދަތައް ޖަލަށްލުން ކަމަށް ވެސް ކަނޑައެޅުނެވެ.

މިޒަމާނުގެ ފުޓްބޯޅަ ކުޅިވަރުގެ މައިދާނުގައި ތަރައްޤީވެ، މަޝްހޫރު ކުޅިވަރަކަށް ވެގެން ދިޔައީ، ނަވާރަވަނަ ޤަރުނުގެ މެދުތެރޭގައި ކުރެވުނު މަސައްކަތްތަކެއްގެ ސަބަބުންނެވެ. ފުޓްބޯޅައިގެ ޒަމާނީ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވަނީ، 1862 ވަނަ އަހަރު އެވެ. އަދި އިނގިރޭސިވިލާތުގައި ފުޓްބޯޅައާ ބެހޭ ރަސްމީ ފަރާތެއް އުފެދިފައިވަނީ، 1967 ވަނަ އަހަރު އެވެ.

ފިރިހެނުންގެ ފުރަތަމަ ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތް އިންތިޒާމުކުރެވުނީ، 1930 ވަނަ އަހަރުގަ އެވެ. އެފަހަރު ޗެމްޕިޔަންކަން ހޯދީ އުރުގުއޭ ގެ ޓީމެވެ. އަންހެނުންގެ ފުރަތަމަ ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތް އިންތިޒާމުކުރެވުނީ 1991 ވަނަ އަހަރު ޗައިނާގަ އެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ޔޫއެސްއޭ ގެ ޓީމެވެ.

ފީފާއަކީ، ފުޓްބޯޅައާބެހޭ ބައިނަލްއަޤުވާމީ އިއްތިޙާދެވެ.
ފީފާގެ، އަސްލު ނަމަކީ (Fédération Internationale de Football Association) އެވެ.
މި އިއްތިޙާދު ތައުސީސްކުރެވުނީ، 21 މެއި 1904 ގައި، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގަ އެވެ. މި އިއްތިޙާދުގެ މައިމަރުކަޒު ހުންނަނީ، ސްވިސްލޭންޑްގެ ޒިޔުރިކުގަ އެވެ. މިހާރު ދުނިޔޭގައި ފުޓްބޯޅައާބެހޭ ކަންތައްތައް އިންތިޒާމުކުރަނީ މި އިއްތިޙާދުންނެވެ.

ބޮބް މާލީގެ މަރު


ރެގީ ލަވަތަކުގެ ރަސްގެފާނު، ބޮބް މާލީ މަރުވެފައިވަނީ ހަމަށް ޖެހުނު ކެންސަރެއްގެ ސަބަބުންނެވެ. ވައަތު ފައިގެ ބޮޑުވާ އިނގިއްޔަށް ޖެހުނު ޓިއުމަރއެއް ބޮޑުވަމުންގޮސް އޭނާގެ މެޔަށާއި ސިކުނޑިއަށް ފޯރާފައިވެއެވެ.

ރެގީ މިޔުޒިކުން ދުނިޔޭގައި މަޝްހޫރުކަމެއްހޯދި މިލަވަކިޔުންތެރިޔާއަށް "ކޮންމެވެސް ކަމެއް ގޯސްކަން" އެނގުނީ ރައްޓެހިންތަކަކާއިއެކު ފުޓްބޯޅަ ކުޅެން އުޅެނިކޮށް ވައަތު ފައިގެ ބޮޑުވާ އިނގިއްޔަށް ލިބުނު ގެއްލުމަކަށް ފަހުއެވެ. މިހާދިސާ ހިނގާފައިވަނީ 1977 ވަނަ އަހަރުއެވެ. އެހެންނަމަވެސް ބޮބް މާލީ ފުރަތަމަ ހީކޮށްގެންހުރީ މިއީ ބޮޑުވާ އިނގިލީގައި އުފެދުނު ކުޑަ ފާރުކޮޅެއްކަމަށެވެ. އަދި އިސާހިތަކު އެފާރުގަނޑު ރަނގަޅުވާނެކަމަށެވެ.

އެހެންނަމަވެސް ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. ފާރުކޮޅު ރަނގަޅުނުވެ ގިނަ ދުވަސްވަމުން ދާންފެށުމުން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ބޮބް މާލީ ނިންމިއެވެ. ބޮބް މާލީގެ މެޑިކަލް ޗެކްއަޕުން ދެއްކިގޮތުގައި އޭނާގެ ބޮޑުވާ އިނގިއްޔަށްވަނީ ޓިއުމަރއެއްގެ އަސަރުކޮށްފައެވެ. އަދި އަވަސްގޮތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން އެދުނެވެ. ނަމަވެސް ބޮބް މާލީ ފަރުވާ ހޯދުމަށް ދެކޮޅުހެދިއެވެ. ދުވަސްތައް ފާއިތުވަމުންގޮސް 1977 ވަނަ އަހަރުގެ މެއިމަހު، ބޮބް މާލީއަށް "އުނދަގޫތަކެއް" ވަމުންދިޔަކަމަށް އޭނާ ބުނެފައިވެއެވެ.

އޭގެ ފަހުން، ފްރާންސްގައި އޮތް ޓްއަރއަކަށް ބޮބް މާލީ ދިޔުމުގެ ކަންތައް ރާވަމުންދިޔައެވެ. މިދަތުރުގެ ކުރިން ރައްޓެހިންތަކަކާއެކު ފުޓްބޯޅަ ކުޅެން އުޅެނިކޮށް އޭނާގެ ކަނާތު ފައިގެ ބޮޑުވާ އިނގިއްޔަށް އަނެއްކާވެސް އަނިޔާވިއެވެ. ބޮޑުވާ އިނގިލީގައި މިފަހަރު އުފެދުނު ފާރުގަނޑު ރަނގަޅުނުވެ އިސާހިތަކު ގޯހުން ގޯހަށް ދާން ފެށިއެވެ. މިއަނިޔާއާއި ގުޅިގެން ދެ ފައިގެ ނިޔަފަތިތައް ނެއްޓުނެވެ. މިފަހަރުވެސް ޑޮކްޓަރުންގެ އިންޒާރަކަށްވީ އަވަސް ފަރުވާއަކަށް ދިޔުމެވެ.

ދީނުގެ ޤަބޫލުކުރުމާއިއެކު، ބޮބް މާލީ މިފަހަރުވެސް ނިންމީ ފަރުވާ ނުހޯދުމަށެވެ. އަދި ފްރާންސްގެ ޓުއަރ އާއިގެން ކުރިއަށްދިޔައެވެ. އޭގެ ފަހުން އައި ހޫނު މޫސުމުގައި، "އޯތޮޕެޑިކް ސާޖަރީ" އެއް ހެދުމަށް ބޮބް މާލީ ނިންމިއެވެ. މިއޮޕަރޭޝަންގައި އޭނާގެ ދެފައިގެ ބޮޑުވާ އިނގިލީގައިވާ ހަންތައް ރިމޫވްކޮށްފައިވެއެވެ. މިއޮޕަރޭޝަންއަށްފަހު ބޮބް މާލީ ނިންމައިގެން ހުރީ އޭނާގެ ބަލި އެއްކޮށް ރަނގަޅުވީކަމަށެވެ.

1980 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހެވެ. ނިއުޔޯކްގައި ޝޯވއެއް ދެމުން ދަނިކޮށް ސްޓޭޖަށް އޭނާ ހޭހުސްވެގެން ވެއްޓުނެވެ.  ޖެހިގެންއައި ދުވަހު، ދުވަން ގޮސްއުޅެނިކޮށްވެސް އޭނާ ވެއްޓިފައިވެއެވެ. ބޮބް މާލީއަށް ދިމާވަމުންދިޔަ މިމައްސަލަތަކާއި ގުޅިގެން އޭނާގެ ހަށިގަނޑު ބެލުމަށްފަހު ޑޮކްޓަރުން މިފަހަރު ބުނީ ސިކުނޑިއާއި ހަމައަށް ޓިއުމަރގެ އަސަރު ފޯރަމުންދާކަމަށެވެ. އަދި ދުނިޔޭގައި ދެން ދިރިހުރުމަށް މަސް ދުވަސްވެސް ނުނަގާނެކަމުގެ އިންޒާރު ޑޮކްޓަރުން ދިނެވެ.

އިސާހިތަކު މިޚަބަރު ދުނިޔޭގެ ފަލަ ޞުރުޙީއަށް އެރިއެވެ. އަވަސްކަމާއެކު ފެތުރެމުންދިޔަ މިޚަބަރަށްފަހު، ބޮބް މާލީގެ އެންމެ ފަހު ޝޯވ ހުށަހަޅައިދިނުމުގެ އިޢުލާން އޭނާ ކުރިއެވެ. އޭރު ޑޮކްޓަރުންވަނީ ބޮބް މާލީގެ ސިކުނޑިއަށާއި މެޔަށް ކެންސަރު ޖެހިފައިވާކަމަށް ބުނެފައެވެ.

ބޮބް މާލީގެ ވަދާޢީ ޝޯވ ހުށަހަޅައިދިންތާ 8 މަސްފަހުން، ބޮބް މާލީ މިދުނިޔެއާއި ވަކިވެގެން ދިޔައެވެ. ބޮބް މާލީގެ މަރު، ވެގެންދިޔައީ ވަރަށް ގިނަ ބަޔަކަށް ލިބުނު އިބުރަތަކަށެވެ. އޭނާ މަރުވީ ކެންސަރުގެ އެންމެ ނާޒުކު ހިސާބަށް ގޮހެވެ.

ދުނިޔެއަށް ބޮބް މާލީ ގެނެސްދީފައިވާ މިޔުޒިކަކީ، ދުނިޔޭގެ ރެގީ މިޔުޒިކަށް ގެނެސްދިން އިންޤިލާބެކެވެ. މިދުނިޔެއާއި އަލްވަދާޢުކީ ނަމަވެސް ބޮބް މާލީގެ މިޔުޒިކްތަކުން އޭނާ ދިރިހުރިކަން ދައްކުވައިދޭކަހަލައެވެ. ބޮބް މާލީގެ މިޔުޒިކްތައްދަނީ އަދިވެސް ދުނިޔޭގައި ރަސްކަން ކުރަމުންނެވެ.

މަރުވުމުގެ ކުރިން ބޮބް މާލީ ބުނެފައިވެއެވެ. "އަހަރެންގެ މިޔުޒިކްތައް މުޅި އުމުރަށް ދުނިޔޭގައި ދިރިހުންނާނެއެވެ. މިއީ މޮޔައަކު ބުނި ވާހަކައެއްނަމަވެސް، އެއީ އަހަންނަށް އިނގޭ ހަޤީޤަތެކެވެ. އަހަރެންގެ މިޔުޒިކްތައް މުޅި އުމުރަށް ދިރިހުންނާނެއެވެ."

ނައިފަރު ހޮސްޕިޓަލުން ކުޑަކުއްޖެއްގެ ގަޔަށް އެއް ފަހަރާ ދެ އިންޖެކްޝަން ޖެހުމާއެކު ކުއްލި ގޮތަކަށް މަރުވެއްޖެ

އައިޝަތު ސުހާނާ 

 ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އެ އަތޮޅު ހިންނަވަރު އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ގަޔަށް އިންޖެކްޝަނެއް ޖެހިތަނާ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

 ސުހާނާގެ ގަޔަށް ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމުން ކުއްލި ގޮތަކަށް މަރުވީ އަނގައިންނާއި ކަންފަތުން ލޭ އައައުމަށްފަހު, 

ކުއްލި ގޮތަކަށް މަރުވީ ހިންނަވަރު ޖަސްތުކަފާގޭ، އައިޝަތު ސުހާނާ ޝާހިދުގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ސުހާނާ ނައިފަރަށް ގެންދިޔައީ އޭނާގެ ގައިގައި ފިތްތަކެއް ނަގައިގެން ކަމަށެވެ. އަދި ނައިފަރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ބޭރު ނަރުހެއް ގޮސް ސުހާނާގެ ގަޔަށް ދެ އިންޖެކްޝަނެއް އެއްފަހަރާ ޖެހުމުން އަނގައިންނާއި ކަންފަތުން ލޭ އައައުމަށްފަހު މަރުވީ ކަމަށެވެ.

ސުހާނާގެ ބައްޕަ ޝާހިދު މުހައްމަދު ފުޅު ބުނީ އޭނާގެ ހަމައެކަނި ހުރި ދަރިފުޅު މަރުވީ އެލާޖިކް ވެގެން ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ރަނގަޅުވެގެން ދޫކޮށްލަން ނިންމާފައި ވަނިކޮށް ސުހާނާ ރޯން ފެށުމުން ނަރުހެއް އައިސް ދެ އިންޖެކްޝަން ޖެހިތާ މިނިޓެއް ތެރޭ ކަމަށެވެ.

" ނަރުސް އައިސް އިންޖެކްޝަން ޖެހިތަނާ މިނިޓެއް ވާނީ ހުދުވެފައި އިދިފުށަށް ދަމާ ގޮތެއްވެފައި ދަރިފުޅު މަރުވީ" ޝާހިދު ބުންޏެވެ.

ސުހާނާ މަރުވިއިރު މާލޭގައި ހުރި ދަރިފުޅުގެ ބައްޕަ ޝާހިދު ބުނީ މީގެ ކުރިން ވެސް ދަރިފުޅު އެލާޖިކް ވެގެން އިންޖެކްޝަން ޖަހާ ކަމަށެވެ. ނަމަވެސް އެކަހަލަ ކަމެއް ދިމާވެފައިނުވާ ކަމަށެވެ.

" ޑޮކްޓަރު ބަލާފައި ބުނީ އަތްވަށް ނުނެރޭށޭ. އެހެންވެ އެތާ އެތެރޭ ދަރިފުޅު ހީނ ސަމާސާކޮށް އުޅެފައި ކޮންމެވެސް ކަމަކާ ރޯން ފެށީމަ ނަރުސް އައިސް އިންޖެކްޝަން ޖެހީ. އެމީހުން ބުނި ނުޖަހާށޭ ވެސް" ޝާހިދު ބުންޏެވެ.

ނައިފަރު ހޮސްޕިޓަލުން ބުނީ އެމައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގު ކުރަމުން ގެންދާތީ މިވަގުތު އެއްވެސް މަޢުލޫމާތެއް ހާމަ ކުރެވެން ނެތް ކަމަށެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ އެ ނަރުސް އަދިވެސް މަސައްކަތް ކުރަނީ އެ ރަށު ހޮސްޕިޓަލުގައި ކަމަށާއި އެ ނަރުހަކީ ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ހޭ ނައްތާ ބޭރު ޑޮކްޓަރެއްގެ އަންހެނުން ކަމަށެވެ.

ހަމައެކަނި ހުރި ދަރިފުޅު (ސުހާނާ)ގެ މަރާ ގުޅިގެން އޭނާގެ މަންމަ އަށް ލިބުނު ޝޮކަކާ ގުޅިގެން މިހާރު ވަނީ މާލެ ގެނެސްފައެވެ.

ދެހާސް ހަތްވަނަ އަހަރު ގދ. ފަރެހުގެ ތިން އަހަރުގެ ކުޑަ އަންހެންކުޖެއްގެ ގަޔަށް ގދ. ތިނަދޫ ހޮސްޕިޓަލުގެ ޑޮކްޓަރު ޖެހި އިންޖެކްޝަނެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތް ބީރުވި މައްސަލައެއް މިހާރުވެސް ހައި ކޯޓުގައި ހިނގަމުން އެބަދެ އެވެ.

Sunday, November 7, 2010

ކިބުރުވެރި ހައިވަކަރު ގަސް

 ގަސްގަހާގެހީގެ ބުސްތާނެއްގައި، ހައިވަކަރު ގަހެއް ހެދިބޮޑުވަމުން ދިޔަ އެވެ. އެ ގަހުގެ ވަށައިގެން، ހެދިފޯދިފައިވާ ގަސްތަކާއި ހެދެމުންދާ ގަސްތައްވި އެވެ.

ހައިވަކަރު ގަސް ހެދިބޮޑުވެ، ފުރާފުރިހަމަވުމުން، ވަށައިގެންވާ އެހެން ގަސްތަކަށް ކަޅިއަޅާލި އެވެ. ހައިވަކަރު ގަހަށް ފެނުނީ އެހެން ގަސްތަކަށްވުރެ، އެ ގަސް މާ މޮޅުކަމަށެވެ. ދެން ނުހަނު ކިބުރުވެރިކަމާއެކު ބުންޏެވެ.

"މިހިރަ ވައްތީނި ގަހާ ހެދި މަށަށް އެބަ އުނދަގޫވެ އެވެ. މިގަސް އުފުރާލާށެވެ!"

ދެން އެ ގަސް އުފުރާލެވުނެވެ.

އެޔަށްފަހު އެހެން ދުވަހަކު، ހައިވަކަރު ގަސް، އެހެން ގަސްތަކަށް ބަލާފައި ބުންޏެވެ.

"މީންދަ ރުކުން ފައިބާ ކުނިބުނިން މަށަށް އެބަ އުނދަގޫވެ އެވެ. މި ރުއް ކަނޑާލާށެވެ!"

ދެން އެ ރުއް ކަނޑާފައި އެއްލާލެވުނެވެ.

ދެން އެހެން ދުވަހަކު، ހައިވަކަރު ގަސް، ބުސްތާން ތެރަށް ނަޒަރު ހިންގާލާފައި ބުންޏެވެ.

"އޭންދަ އާފަލު ގަހުގެ ހިޔަލާ ހެދި މަށަށް އަތްވެއް ނުލިބެ އެވެ. އެގަސް މަރާލާށެވެ!"

ދެން އެގަސް މަރާލެވުނެވެ.

ކިބުރުވެރި، ރުންކުރުން، ހައިވަކަރު ގަސް، ގަހަކަށްފަހު ގަހެއް އުފުރައި، ކަނޑައި، މެރުމަށް އަމުރުކުރަމުން ގެންދިޔަ އެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވެދިޔަ އިރު، ބުސްތާނުގައި ހުރީ ހަމައެކަނި ހައިވަކަރު ގަސް ކަމުގައި ވެއްޖެ އެވެ. އެކަމަށްޓަކައި އެ ގަސް ނުހަނު ކިބުރުވެރިކަމާއެކު ދުވަސްތައް ގުނަމުން ގެންދިޔަ އެވެ.

ނަމަވެސް ދާދިއަވަހަށް މޫސުމް ބަދަލުވެއްޖެ އެވެ. ބާރުވަޔާއެކު ކޮޅިގަނޑުތައް އަންނަން ފަށައިފި އެވެ. ދުވަހެއް ދުވަހަކަށްވުރެ ދިޔައީ ވައި ބާރުވަމުންނެވެ. އެއްދުވަހަކު ވަރަށް ބާރަށް ވައިޖެހެން ފަށައިފި އެވެ. ވަށައިގެން ހެދި ފޯދެމުން ދިޔަ އެހެން ގަސްތައް ނެއްތައިލެވުނު ކަމީ، މޮޅުކަމެއް ނޫންކަން އެދުވަހު ހައިވަކަރު ގަހަށް ވިސްނުނެވެ.

ބާރުގަދަ ވައިރޯޅިތައް އައިސް ހައިވަކަރު ގަހުގައި ހިފައި، އެގަސް އަތްއަތަށް ހަލުވާލި އެވެ. އަދި އެސާހިތަކު މުލުން ލުހެލާފައި އެގަސް ބިންމައްޗަށް ވައްޓާލި އެވެ. އެހެން ގަސްތައް ބުސްތާނުގައި ހެދި ފޯދުމަށް ފުރުޞަތު ނުދެވުނީތީ ހައިވަކަރު ގަސް އެދުވަހު ހިތާމަކުރި އެވެ. ނަމަވެސް އެދުވަހު ހިތާމައަކުން ކުރާނެ ފައިދާއެއް ނެތެވެ. މަރުވުމުގެ ކުރިން ހައިވަކަރު ގަހަށް ބުނެލެވުނެވެ.

"އަނެކުންނަށް ފުރުޞަތު ނުދިނުމަކީ، ތިމާގެ ހަލާކެވެ."

ވޭނީ އަސަރު


 26 އޮކްޓޯބަރ، 2010 

ނާހީ ގިސްލަގިސްލާ ރޮމުން ގެންދިޔައެވެ. ހީވާކަހަލައެވެ. އެނިކަމެތި އަންހެން ކުއްޖާގެ ހިތްވިރިގެން ފައިބަނީއެވެ. އޭނާއަކީ ކާކުކަން ހުދު އޭނާއަށްވެސް ނޭނެގޭ ވަރަށް އޭނާގެ ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. އެކަމަކު އޭނާގެ އެއްވެސް ކުށެއް ނެތެވެ. އެހެންމީހުން ކުއްކުރުމުން އޭގެ އަދަބު ލިބޭ މީހަކަށް  މިއަދު ނާހީވަނީ ވެފައެވެ. ކިތަންމެ ވަރަކަށްވެސް އެކުވެރިޔާއަށް އޭނާގެ ހާލަތު ކިޔާދޭން ބޭނުންވިޔަސް މިއަދު އޭނާއަކަށް އެކަމެއް ކުރެވޭކަށް ނެތެވެ. އޭނާގެ ކުރިމަތީގައި ވަނީ ނާމާތް ކަމާއި ބިރުވެރިކަމުގެ ނުރައްކާތެރި ހާލަތަކެވެ. އެހާލަތުން މިންޖުވުމަށްތަކައި އޭނާއަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ހުރިކަމަކަށްވެސް މިހާރު އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

ތަފާތު އެތައްފަހަރު ނާހީގެ މޮޅިވެރިކަމާއިމެދު ޝައްކުކުރެވޭތީ އޭނާގެ އެކުވެރިޔާ ރިޒުނާ ސުވާލުކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކަމެއް ނުވާކަމަށް ބުނެ އޭނާ އޭނާގެ ހަޔާތުގެ ހިތްދަތިކަށް ފޮރުވައެވެ. އެކަމަކު އެގޮތަށް އޭނާ ކަންކުރަނީ ކުރިމަތިގައި އޮތް މަޖުބޫރީ ހާލަތެއްގެ ސަބަބުން ކަންގައިމެވެ.
ރިޒޫ… އަހަރެން އެއްވެސް ކަމެއް ނުފޮރުވަން. ތަބީއީ ގޮތުން މަޑުމޮޅި ކަމަކީ އަހަންނަށް ލިބިފައިވާ ސިފައެއް. މީކީ އެއްވެސް ހިތްދަތި ކަމަކާ ނޫނީ އުފާވެރިކަމަކާ ގުޅުން ހުރި ކަމެއް ނޫން” ނާހީ ވާހަކަ ދެއްކީ އޭނާގެ ރަހްމަތްތެރިޔާ ރިޒުނާއާއިއެވެ. އެދެކުދިން ވާހަކަ ދައްކަން ތިބީ ރިޒްނާގެ ސިޓިން ރުމްގައެވެ.

އަހަންނަށް ހަމަ ޔަގީން ކުރެވޭ ކަހަލަ. ނާހީ އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިރުކުރޭ އަހަރެމެން ކުލާސް ތެރޭ އެހާ ވަރަށް މަޖާ ކުރާ އިރުވެސް ނާހީގެ މޫޑު ބަދަލެއް ނުވެއެވެ.

ހީވަނީ ހިލައިގެ ބުދެއްހެނެވެ. ރިޒްނީ ނާހީގެ ފަރާތުން އެއްޗެއް އޮޅުންފިލާތޯ މަސައްކަތްކުރިއެވެ. ނަމަވެސް ނާހީގެ ފަރާތުން އެއްވެސް އެއްޗެއް ނޭނގުނެވެ.
މީދެން އަހަރެންގެ ތޮބީޢީ އާދައެއް. އަހަރެންވެސް ބޭނުންވޭ ރިޒޫމެން އުޅޭގޮތަށް މަޖާކޮށް ހީއުފާކޮށްހަދަން، އެކަމަކު އެކަމެއް ނުކުރެވޭ. ހިތާއި ނަފުސު އެކަމަށް ފުރުޞަތެއްނުދޭ……….” ލޮލަށް ކަރުނައިގެ އަސަރު ވެރިވާންއުޅުނު ކަމުގައިވިޔަސް ނާހީ އެވަގުތު އެކުވެރިޔާ އޭނާގެ ހާލަތު ސިއްރުކޮށް ވަންހަނާކުރުމަށްޓަކައި އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިއްޖެއެވެ. އެދުވަހުވެސް އޭނާ އޭނާގެ ދިރިއުޅުމާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް ކިޔައެއްނުދެއެވެ. ބައެއްފަހަރު އޭނާގެ މަންމަ ޒަރާނާވެސް އެސުވާލުކުރެއެވެ. ނާހީ ކޮންމެވެސް ކަމަކާމެދު އަބަދުމެ ފިކުރެއްގައި ހުންނަކަން  އޭނާއަށްވެސް އެނގެއެވެ. ނަމަވެސް ނާހީ ހިތްވަރުކޮށްފަ އެއްވެސް ކަމެއް ނުވާކަމަށް ބުނެއެވެ.

ދަރިފުޅުގެ ހަރަކާތްތަކަށް ފަހަކަށް އައިސް އަންނަމުންދާ ބަދަލާމެދު އޭނަވެސް ހުންނަނީ ފިސާރި ކަންބޮޑުވެފައެވެ. އެދަރިފުޅުގެ ޢުމުރުން ނުވައަހަރުފުރި ފުރިހަމަ އަންހެނެއްގެ ސިފަލިބުމުގެ ކުރިން އުޅެމުން އައިސްފައިވަނީ ވަރަށް ހަލަނި ސަކަ މިޒާޖެއްގެ ކުއްޖެއްގެ ގޮތުގައެވެ.
އޭރު އަބަދުމެ އޭނާ އޭނާގެ ބައްޕަ ފިރުދައުސްގެ ކަރުގައި އެލިގަނެ ބައްޕަގެ އުނގަށްއަރާވެސް އުޅޭމެއެވެ. ނަމަވެސް ނުވައަހަރު ފުހަމަވުމާއެކު ނާހީގެ ހުރިހާކަމެއްވެސް ވަނީ ބަދަލުވެފައެވެ.

ކުއްލިއަކަށް އޭނާގެ ބަސްވެސް މަދުވީއެވެ. ހީވަނީ އަބަދުވެސް ކޮންމެވެސް ބިރުވެރިކަމެއްގެ ތެރޭގައި ހުންނަހެނެވެ. އޭނާ އެކަނި ގޭގައިއުޅޭވަގުތު މީހަކު ދޮރެއްހުޅުވާލިއަސް އޭނާ ސިހެއެވެ.
ދަރިފުޅާ…… ދަރިފުޅު  މަންމައަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ ބުނެބަލަ. މަންމަގާތު$ ޒަރާނާ ދަރިފުޅުގެ އިޙްސާސްތަކާމެދު ވިސްނަމުން ވާހަކަދެއްކިއެވެ.
ނުވޭ އެއްވެސް ކަމެއް…. މަންމަ އަބަދުވެސް ބޭނުންވަނީ ކުޑަކުއްޖަކުހެން އަބަދު ސަކަރާތްޖަހާތަން ދެކެންތަ؟ އެކަހަލަ އުފާވެރިމޫޑެއް މިހާރަކު ނުހުރޭ” ނާހީ ހީވަނީ ސިއްރުތަކެއް ހާމަކުރުމުގައި ފަސްޖެހޭތީ އުޅޭހެންނެވެ. ނޫނީ ކޮންމެވެސް މަޖުބޫރީ ހާލަތެއްގައި ބަދެވިފައިވާފަދައެވެ. ހަޤީޤަތުގައި ދިމާވެގެންއުޅޭ ކަމަކީ ކުޑަކަމެއްނޫނެވެ. މިހާރު ދިރުއުޅުމަކީވެސް ހަޔާތުގައި އޭނާޔަށް މުހިއްމު އެއްޗަކަށް ނުވާވަރަށް ދިރިހުރުންމަތިން  އޭނާވަނީ ފޫހިވެފައެވެ. އެހެންނަމަވެސް ކުރިމަތީގައިވަނީ  ނުރައްކަލުގެ ފާރެކެވެ. އެފާރުމަތިން އަރައިގެންގޮސް ހަޔާތުގެ ހިތިކަމާއި އޭގެސަބަބުން ކުރާ ވޭނީ އަސަރުތަކާއިބެހޭގޮތުން ހާމަކުރެވޭ ފަދަ ހިތްވަރެއް އޭނާގެ ކިބަޔަކުނެތްމެއެވެ.
އެކުވެރި ރިޒުނާ އަށްވެސް އެވާހަކަ ކިޔައިދީ ހިތާމަތަށް ހިއްސާކުރުމުގައި އޭނާ ފަސްޖެހެނީ އެފާރު އޭނާގެ ބޯމައްޗަށް ވެއްޓިދާނެތީއެވެ.

”ފިރުދައުސް އެމަންޖެއަށް މިހާރަކަށްއައިސް ކިހިނެއްވެފަތަ އެހުންނަނީ. ބަސް މަދުވެ އެއްވެސް އުފާވެރި މޫޑެއްގަ ހުއްޓާ ފަހަކަށް އައިސް ދުވަހަކުވެސް ނުފެނޭ. އަޅެ ފިރުދައުސް ނާހީ އާއި ސުވާލުކޮށްލަބަލަ”  ޒަރާނާ ވާހަކަދެއްކީ އޭނާގެ ފިރިމީހާ އާދެ ނާހީގެ ބައްޕަ އާއިއެވެ. ”އެގޮތަށް ބަސްމަދުވެފައިހުރީމާ މާރަނގަޅެއްނޫންތަ؟ އަހަންނަށް ރަނގަޅީ އެގޮތަށް ބަސްމަދުކޮށް ހުރީމާ އެހެންނޫނީ.. މީހުންގެ ލޯތަކުގައި އެމަންޖެ އަޅައިގެންފާނެ. އެކަން އެގޮތަށް ވިޔަދީގެންނުވާނެ” ފުރުދައުސް ބުންޏެވެ.
އަހަރެންގެ މައްސަލައަކީ ކުއްލިއަކަށް އެމަންޖެއަށް އައިސްފައިއެވާ ބަދަލު އަހަރެމެން ހައިރާންވާހާ ބޮޑަށް އެވަނީ ބަދަލުވެފައި. ހަޤީޤަތުގައި ފިރުދައުސްމެނަކަށް އަންހެން ދަރިއެއްގެ އިހްސާސްތަކެއް ނޭނގޭނެ. އަހަރެންނަށް އަހަރެންގެ އެދަރުފުޅުގެ އިހްސާސްތައް ވަރަށް ރަނގަޅަށް އެނގޭ.. އެމަންޖެގެ ދޮންބެވެސް އެއްދުވަހު އަހަންނާ އެކަމާބެހޭގޮތުން ސުވާލުކޮށްފިމިހާރު” ޒަރާނާ ބުންޏެވެ. ޒަރާނާ ބުނީ ތެދެކެވެ. ނާހީގެ އެއްބަނޑުއެއްބަފާ ދޮންބެވެސް ނާހީގެ ބަދަލާއި ބެހޭގޮތުން މަންމަ ޒަރާނާ އާއިސުވާލުކޮށް މަޝްވަރާކޮށްފިއެވެ. އެއްވެސް ކަމެއްނުވާކަމަށް ހެދިގެން މަންމައާއި ބޭބެ އަދި ބައްޕަގެ ކުރިމަތީގައި އުޅުނަސް އޭނާ ފަހަކަށްއައިސް ދަނީ ނުހަނު ބިރުވެރި ކަންތައްގަނޑެއްގައި ގައިދުވެ އެކަމުގެ ފިކުރުތަކުން ބޯހާސްވަމުންނެވެ.

އެހާދިސާގެ މެދުވެރިޔަކީ ކާކުކަން ކުރިން އޭނާއަށް ނޭންގުނަސް ފަހުން އޭނާޔަށް އެއީ ކާކުކަން ކޮންމެވެސް ވަރަކަށް މޭރުންވާންފަށައިފިއެވެ. ވުމާއިއެކު އެކަނިވާ ކޮންމެ ވަގުތަކީވެސް އޭނާގެ އޭނާގެ ދެލޯ ކަރުނައިން ބަރާވެ (ކަރުނައިން ފުރިގެންދާ) ވަގުތުތަކަށްވަނީ ވެފައެވެ. ހީވާ ކަހަލައެވެ. އޭނާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިއަކީ ހިތި ކަރުނައެވެ. ރޭގަނޑު ހަމަނިދިނުލިބޭހިނދު އޭނާއަށް ދުވާލުގެ ހަތަރުދަންވެސް ހޭދަކުރަންޖެހެނީ އެބުރަބޮޑު ފިކުރުތައް ކުރުންމަތީގައެވެ.
ނާހީ ކުލާސް ހުރިހާކުދިން މާދަމާ ދަތުރުދާން ކަމަށް މިއުޅެނީ، ނާހީވެސް ދާންވާނެއްނު. މިހާރު ކުޑަބަނޑޮސްވެސް އެހާމަޖަލެއްނޫން. އެހެންކޮންމެވެސް ދިމާއަކަށްދާނީ. އަދިދާނެ ވަކިތަނެއް އަހަރެމެން ނުނިންމަން” ރިޒުނާ ސްކޫލް ނިންމާފަ ގެއަށްދަމުން ނާހީގާތު ބުންޏެވެ.
އެދަތުރު ރާވާ ހިންގުމުގެ މޭސްތިރިއަކީ ސީދާ ރިޒުނާއެވެ. ރިޒުނާ ބޭނުންވަނީ އެކުވެރިޔާގެ މޫޑު ބަދަލުކުރެވޭނެ މަގެއްހޯދާށެވެ. އެކަމުގައި ރިޒުނާޔާއެކު ނާހީގެ ޒަރާނާވެސް ހިއްސާވެއެވެ.
އެދަތުރެއް ރޭވުމަށް ރިޒުނާއަށް މަޝްވަރާ ފުރަތަމަދިން މީހަކީވެސް ނާހީގެ މަންމައެވެ.

”ހަމަރަނގަޅަށްވެސް ރިޒޫއަށް އެނގޭނެ. ދަތުރުދިއުމަކީ އެއްދުވަސްވަރެއްގައިވެސް އަހަރެން ޝައުގުވެރިވާކަމެއްނޫންކަން. އަހަރެން ދަތުރުދާހިތެއްނުވޭ. ހަމަ ހަޤީޤަތުގައިވެސް ރިޒޫ އަހަރެން ނުދާނަން…” ފުރަތަމަވެސް ނާހީ އިންކާރު ކުރިއެވެ.
ނާހީއާއިނުލާ އަހަރެމެން ދަތުރެއްނުދާނަން. އަހަރެމެން ގަދަކަމުން ނަމަވެސް ނާހީ ގެންދާނަން” ރިޒުނާ ބުންޏެވެ. އެފަދަ ކަންކަމުގައި ރިޒުނާ މާބޮޑަށް ވާންކުރާނަމަ އަބަދުވެސް އެކަމެއް ނިމޭނީ ރިޒުނާ ބޭނުންވާގޮތަށެވެ. ހަމައެކަނި ރިޒޫނާޔަށް ނުހޯދެނީ ނާހީގެ ބަދަލުވެގެންދާ ދިރިއުޅުމުގެ ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެވެ.
ތިޔަހާވަރުން އަހަރެން ގެންދަން ބާރުއަޅަންޏާ އަހަރެން ދާނަން. އެކަމަކު ރިޒޫގެ އުފަލަށްޓަކައި ދާން މިނިންމަނީ. ރިޒުނާ ޖެހިގެންހުރި ބުޓީއަށް މަގޭ ސަލާމް ވައްޓާލަބަލަ” ނާހީގެ ވާހަކައިގެ ތެރެއިން ފިރިހެން ކުއްޖެއްގެ އަޑު އިވުނެވެ.

ނާހީއާއި ރިޒޫއަށް އެއަޑު އައިދިމާއަށް ބަލައިލެވުނީ އެއްފަހަރާކަހަލަ ގޮތަކަށެވެ. އެދިމާލުގައި ފިހާރައެއްގެ ދޮރުމަތީގައި ސައިކަލެއްގެމަތީ އިނީ ކޮންމެވެސް ވަރަކަށް އޭނާވެސް ދަންނަ ޒުވާނެކެވެ.
ޝާހް ކިހިނެއް. އަހަރެން ނުބުންޏަސް ސަލާމް ތިޔަ ބުނެވުނީނު” ހިނިތުންވެލަމުން ރިޒުނާ އަނެއްކާވެސް ހިނގައިގެންފިއެވެ. ނާހީ އެދިމާލަށް އޭގެ ފަހުން ބަލާވެސް ނުލާ ހިނގައިގެންފިއެވެ.
ސަލާމް ބަލައިވެސް ނުގަންނަ ކުއްޖެއްތަ؟ ހާދަ ފޮންޏޭދޯ؟” ޝާހް އެމީހުންގެ ފަހަތުން ސައިކަލް ދުއްވާލިއެވެ. ނަމަވެސް ނާހީ އަގަޔަކުންވެސް  ނުބުނެއެވެ. އޭނާ އިސްއޮބާލައިގެން ހުރެމެ ކުރިޔަށްދިޔައެވެ. ”ސަލާމް ބަލައިނުގަންނަހާ ހިނދަކު އަހަރެން ފަހަތުން ދާނަން. ރަނގަޅުދޯ ޔުނިފޯމްގަތިއްބާ ފަހަތުންދިޔަޔަސް” ޝާހް ސައިކަލް އެމީހުނާ ހަމަކޮށް އެއްހަމައެއްގައި މަޑުމަޑުން ދުއްވަންފެށިއެވެ.
ވައަލައިކުމުއްސަލާމޭ. ދެން އައިކޮޅަށް އެނބުރިދާންވީނު….” ހިތްހަމަނުޖެހިފަހުރެ ނާހީ ސަލާމް ބަލައިގެންފިއެވެ. ޝާހް އައިކޮޅަށް ސައިކަލް އަނބުރާލުމަށްފަހު ދިޔައެވެ.
ހާދަ ބަސްޤަބޫލުކުރާ ކުއްޖެކޭދޯ؟ އަހަރެން އެހެންބުންޏަސް ދާނެކަމަކަށް ހިޔެއްނުކުރަން” މިހެންބުނެފައި އޭނާ ފަސްއެނބުރި ބަލައިވެސްލިއެވެ.
”އައްދޭ އޭނާދިޔަމާ އަސަރުވެސް ކޮށްފިދޯ؟  އަނެއްކާ ހިތްކީދޯ؟” ރިޒުނާ ދިމާކުރިއެވެ.

”ތިބުނާފަދަ ގޮތަކަށް މީހަކާމެދު ވިސްނުމަކީ އަހަންނަށް ކުރެވޭނެކަމެއްނޫން. އަހަރެން ބިރުގަނޭ….” މަޑުމަޑުން ނާހީއަށް އިހްތިޔާރުން ބޭރުގަ އޭނާގެ ހާލަތު ރަހްމަތްތެރިޔާއަށް ކިޔައިދެވެން އުޅުނެވެ.
ކީކޭ!؟ ބިރުގަނެއޭ ކޮންކަމަކާ ނާހީ ބިރުގަންނަނީ އަވަހަށް ބުނެބަލަ. މިހާރު އަހަންނަށް ޔަގީންވެއްޖެ ނާހާ އަހަންނަށް ވަރަށްބޮޑު ކަންތައްގަނޑެއް އެބަ ސިއްރުކުރޭ” ރިޒުނާ ނާހީގެ އަތުގައި ހިފެހެއްޓިއެވެ. ނާހީ މަޑުޖެހިލިއެވެ.
އެއްވެސް ކަމެއްނުވޭ. މީހުނާ ރައްޓެހިވާން ބިރުގަންނަ ވާހަކަ މިބުނަނީ… އެއްވެސް ކަމެއްނުވޭ.. ރިޒޫ މާގިނަފަހަރުދެން އަހަންނާ ތިކަހަލަ ސުވާލު ނުކޮށްބަލަ ޕްލީޒް….” އޭރު އެމީހުންނަށް ނާހީގެ ގެއާއި އަރައި ހަމަވެއްޖެއެވެ.

ނާހީއަކީ މާލޭގެ ގެދޮރުހުރި ތަނަވަސް އާއިލާއެއްގެ ކުއްޖަކަސް ރިޒުނާއަކީ ނާހީގެ ގޭގައި އުޅެމުން އަންނަ ރަޒާނާގެ ރައްޓިއްސެއްގެ ދަރިއެކެވެ. އެހެންވެ އެއީ ނާހީގެ އެންމެ ގާތް ރަހްމަތެރިޔާވެސް މެއެވެ. ރިޒްނާ އެގޭގައި ދިރިއުޅުނުނަމަވެސް ކޮންމެ ހަފުތާ ބަންދު ދުވަހެއްގައި ރިޒުނާ އުޅެނީ އޭނާގެ ބޮޑުދައިތަގެ ގޭގައެވެ. ވުމާއިއެކު އެފަދަ ކޮންމެ ދުވަހަކީވެސް ނާހީއަށް ހިތްދަތި ތަޖުރިބާތަކެއް ކުރެވިގެންދާ ދުވަހެކެވެ. ރިޒުނާ ތަކުރާރުކޮށް އެތައް ފަހަރަކު އާދޭސް ކުރީމާވެސް ނާހީ ދަތުރުދާކަށް އެއްބަހެއްނުވިއެވެ. އޭނާ ބުނީ ރިޒުނާ އެކަނި ދިއުމަށެވެ. ހީވާކަހަލައެވެ. އެކަމުގައިވެސް އޭނާއަށް ހުރަސްތަކެއް ކުރިމަތިވަނީއެވެ.

މިއާދައިގައި ދުވަސްތައް ފާއިތުވަމުންދާއިރު ނާހީގެ އެކަނިވެރި ހިތްދަތި ދިރިއުޅުމަކަށް ހަމަ ކުޑަވެސް ބަދަލެއްނާދެއެވެ. ކުރިއެކޭވެސް އެއްފަދައިން މިހާރުވެސް އޭނާހުންނަނީ އެމަޑުމޮޅި ކަންމަތީގައެވެ. ބައެއްފަހަރު ކުރިޔަށްވުރެވެސް އޭނާގެ މަޑުމޮޅިކަން ބޮޑުވެފައިވާކަން ފާހަގަކުރެވޭމެއެވެ. ކުރިޔަށްވުރެވެސް ތަފާތުކަމެއް މިހާރު އޭނާގެ މަންމައަށް އޭނާގެ ކިބައިންފާހަގަކުރެވެއެވެ. ކުއްލިކުއްލިއަށް މިހާރު ނާހީ ސިހެނީއެވެ. އޭނާޔަށް ނޭންގިހުއްޓާ ކިތަންމެ ކުޑަ އަޑެއް އިވުނަސް އޭނާޔަށް ލިބިގެންދާ ސިހުމަކީ އެހެންމީހުން ހައިރާންވާފަދަ ސިހުމެކެވެ.
”ދަރިފުޅާ މަންމަ އާއި ބައްޕަޔަށް ސިއްރުނުކޮށް ކަމެއް ދިމާވިޔަސް ބުނެބަލަ. ދަރިފުޅަށް ތިމަ އަންނަ ބަދަލުތަކުގެ ސަބަބުން މަންމަ އާއި ބައްޕަވެސް މިތިބެނީ ވަރަށް ކަންބޮޑުވެފައި” ޒަރާނާ ދަރިފުޅުގެ ބޮލުގައި ފިސާރި އޯގާތެރިކަމާއެކު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ގާތުގައި ނާހީގެ ބައްޕަ ފިރުދައުސް އާއި އޭނާގެ ދޮންބޭބެވެސް ހުއްޓެވެ. އޭނާގެ ދޮންބެ ނިހާން އަކީ އޭނާދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ކަންތައްތަކާމެދު ވަރަށްބޮޑަށް ވިސްނާ މީހެކެވެ. އޭނާ ރިޒޯޓްގެ ވަޒީފާގައި އުޅޭއިރުވެސް ކޮންމެދުވަހަކުވެސް އެއްފަހަރު ނަމަވފެސް ނާހީއަށް ގުޅާ ހާލު އޮޅުންފިލުވާ އުޅެއެވެ. އާއިލާތެރެއިން ހަޤީގަތުގައި އޭނާއަށް ލޯތްބާއި އޯގާތެރިކަން އިންތިހާއަށް ލިބެމުންދޭވެސް މެއެވެ. ނިހާންގެ ކަންބޮޑުވުމަކީ އެމީހުންގެ ލޯތްބާއި އަޅާލުން ލިބެމުންދާ ހިނދުވެސް ނާހީއަށް އަންނަމުންދާބަދަލުތަކެވެ.
ދޮންބެ އަށް އެނގޭ ކޮއްކޮ އަށް ވަރަށްބޮޑަށް ބަދަލުއަތުވެއްޖެ. ކޮއްކޮ ތިޔައުޅެނީ ސިއްރުކުރަން. އާއިލާ ތެރެއިން ލޯތްބާއި އޯގާތެރިކަން ނުލިބޭތީތަ ކޮއްކޮއަށް ތިހާބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ. ދޮންބެ ވަރަށް ކަންބޮޑުވޭ” ނިހާންއަކީ އޭނާގެ ކޮއްކޮ އާއި މެދު ވަރަށް ބޮޑަށް ވިސްނާމީހެކެވެ.
”ދޮންބޭ… އެއްވެސް ކަމެއްނުވޭ… އެއްވެސް ކަމެއްނުވޭ…” މިހެންބުނެފައި ނާހީ އޭނާގެ ކޮޓަރިއަށްގޮސް ދޮރުތަޅުލައިފިއެވެ. ހަމައެއާއެކު އޭނާއަށް ރޮވިއްޖެއެވެ.

ދޮންބެގާތު ދޮގުހެދުމަކީ އޭނާގެ ހަޔާތުގައި މިހާތަނަށްކުރި ކަމެއްނޫނެވެ. ކުރިމަތިވެފައިވާ ސިއްރުވެރި ނުރައްކަލުން ފުރިގެންވާ ކަންތައްތައް ގަނޑެއްގެ ސަބަބުން އޭނާޔަށް ވަނީ މިއަދު މަޖުބޫރުވެފައެވެ. އެއިންޒާރު ތަކުގެ ސިގުނަލް ވަނީ އަބަދުމެ އޭނާޔަށް ލިބެންދާކަހަލައެވެ. ނާހީ ކޮޓަރިޔަށް ވަނުމާއެކު އޭނާގެ ފަހަތުން އައިސް ކޮޓަރިއަށް ވަދެވޭތޯ އޭނާގެ ބޭބެމެން މަސައްކަތް ކުރިކަމުގައިވިޔަސް އޭނާ ދޮރެއް ނުހުޅުވިއެވެ.
”ނާހީ ދޮރުހުޅުވަބަލަ…..” ނިހާން ދޮރުގައި ތަޅަމުން ނާހީއަށް ގޮވަމުންދިޔައެވެ.
ދޮންބޭ ނާހީ މިހުރީ ފާޚާނާގައޭ. އެބަނުކުންނަން” މޫޑާއި ރާގު ބަދަލުކޮށްގެން ނާހީ ފާހާނާތެރެ ހުރެގެން ވާހަކަ ދެއްކި އަޑު އިވުނެވެ. ވުމާއިއެކު އެދުވަހުވެސް ނާހީގެ ފަރާތުން އެއްވެސް ކަމެއް ނިހާން މެނަކަށް މޭރުން ވާގޮތެއް ނުވިއެވެ
.
ޖެހިގެން އައި ހުކުރު ވިލޭރެއަކީ އެފަދަ އެހެން ހަފްތާ ބަންދެކޭވެސް އެއްފަދައިން ނާހީއަށް ބިރުވެރިކަމާއި ނާމާންކަމާއި ކުރިމަތިލާން ޖެހުނެވެ.
އެހެންރޭރެޔެކޭވެސް އެއްފަދައިން ނާހީ ކޮޓަރި އެތެރެއިން ތަންޑުވެސް އަޅުވައިފިއެވެ. އެހެންމެ ކުޑަދޮރުތައްވެސް ތަޅުލިއެވެ. އެއަށްފަހު ނިދާބޮކީގެ ފަނޑު އަލޯގެ ތެރޭގައި އޭނާ އެނދުގައި އޮށީވެއްޖެއެވެ. ހަގީގަތުގައި އޮށޯވެ އޮތަސް ނިދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެބިރުވެރިކަމާއި ކުރިމަތިލާކަށް އޭނާ ބޭނުމެއްނޫނެވެ.
(ނުނިމޭ)

ޙިކުމަތްތެރި ބައްޕައާއި ރުޅިގަދަ ކުއްޖާ

ވަރަށް ރުޅިގަދަ، ދޫނުބައި ކުއްޖަކު އިޞްލާޙު ކުރެއްވުމަށްޓަކައި، ޙިކުމަތްތެރިކަމާއެކު ޢަމަލުކުރެއްވުމަށް އެކުއްޖާގެ ބައްޕަ ގަސްތުކުރެއްވި އެވެ. ދެން އޭނާގެ ދަރިފުޅު އަތަށް މޮހޮރު ކޮތަޅެއް ދެއްވާފައި ބުނުއްވި އެވެ.

"ދަރިފުޅާއެވެ! ދަރިފުޅަށް ރުޅި މަތަނުކުރެވޭ ކޮންމެ ފަހަރަކު، މި ގޯތިތެރޭގައިވާ ބަގީޗާގެ ފާރަށް މޮހޮރު ޖަހާށެވެ!"

އެއަށްފަހު އެކުއްޖާގެ ގާތަށް ފުރަތަމަ ރުޅިއައި ދުވަހު، ފާރަށް ތިރީސް ހަތް މޮހޮރު ޖެއްސެވެ. ނަމަވެސް އެއާވިދިގެން ރުޅިއައި ދުވަހު މޮހޮރު ޖެހީ އެއަށްވުރެ މަދުންނެވެ. ރުޅި މަތަނުވާ ކޮންމެފަހަރަކު، އޭނާ ފާރަށް މޮހޮރު ޖަހާ ވަރު، ދުވަސްތަކާއެކު ދިޔައީ މަދުވަމުންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި، ހަރު ހިލައިން ރާނާފައިވާ ފާރަކަށް މޮހޮރު ޖެހުމަށްވުރެ، ރުޅި މަތަކުރުން މާ ފަސޭހަ އެވެ.

ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު، މޮހޮރު ކޮތަޅު ހުސްވެއްޖެ އެވެ. އޭގައިވާ ހުރިހައި މޮހޮރެއް ފާރަށް ޖަހައި ނިމިއްޖެ އެވެ. ދެން އެވާހަކަ އޭނާގެ ބައްޕަ އަށް ނަންގަތުމުން، ބައްޕަ ބުނުއްވި އެވެ.

"ދަރިފުޅާއެވެ! ދަރިފުޅަށް ރުޅި މަތަކުރެވޭ ކޮންމެ ފަހަރަކު، ފާރުން މޮހޮރު އުފުރާށެވެ!"

ދެން އެކުއްޖާ މި މަސައްކަތް ފެށި އެވެ. މިކަން ކުރުމުގައި ދުވަސްތަކެއް ހޭދަވިއިރު، ފާރުގައިވާ ހުރިހައި މޮހޮރެއް އުފުރައި ނިމިއްޖެ އެވެ. ދެން އޭނާގެ ބައްޕައަށް މިވާހަކަ ނަންގަތެވެ. ބައްޕަ އެދިލެއްވި ގޮތަށް ދަރިފުޅު ކަންކުރީތީ، އުފާކުރައްވާކަން ބައްޕަ ހާމަކުރެއްވި އެވެ. އަދި ދަރިފުޅުގެ އަތުގައި ހިފައިގެން ފާރު ކައިރިއަށް ދުރުވެ، ބައްޕަ ބުނުއްވި އެވެ.

"ދަރިފުޅާ އެވެ! ދަރިފުޅު ތިޔަ ކުރީ އަގުވަޒަންކުރަންޖެހޭ ވަރުގެ ބޮޑު ކަމެކެވެ. ނަމަވެސް މިފާރަށް ވެފައިވާ ގޮތް ނިކަން ދެކިބަލާށެވެ! ތިބާ މޮހޮރު ޖެހުމުގެ ސަބަބުން މިވަނީ ވިދުއެޅި މިފާރު ހަލާކުވެފަ އެވެ. ތިބާ ރުޅިއަންނަ ހިނދު، މީހުންނާ ދިމާއަށް ބުނާ ނޭދެވޭ ބަސްތަކުން، އެ މީހުންގެ ހިތްތަކަށް ކުރާ އަސަރުގެ މިސާލަކީ މި ފާރުގެ މިސާލެވެ. މިފާރަށް މޮހޮރު ޖެހުމުން، މި ފާރުގައި ވިދުއެޅުނު ފަދައިން، އެމީހުންނާ ދިމާއަށް ބުނާ ނޭދެވޭ ބަސްތަކުން އެމީހުންގެ ހިތްތައް ޒަޚަމްވަމުން ދާނެ އެވެ. އެކަމަށްޓަކައި ފަހުން މާފަށް އެދުނަސް އެ ޒަޚަމެއް ނުފިލާނެ އެވެ!"

ޙިކުމަތްތެރިކަމާއެކު ބައްޕަ ދެއްވި މި ފިލާވަޅުން ދަރިފުޅަށް ޢިބްރަތެއް ޙާޞިލުވި އެވެ. އަދި އެއަށްފަހު ދުވަހަކުވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ނުބުނުމަށް އޭނާ ޢަޒުމްކަނޑައެޅި އެވެ.

Saturday, November 6, 2010

HELP AMNA [HQ]

 

HEAT HEALTH & FITNESS













MAGU BANDHUKOHGEN FUME ARUVANY..

Wedding Party Video

I wonder how long they rehearsed this. Awesome!

Avahaara Ganduvaru Pilot

A Product of HulheviMEDIA

The pilot episode of HulheviMEDIA's planned sketch comedy series Avahaara Ganduvaru, satirising the political and social landscape of the Maldives in the immediate aftermath of the historic 2008 presidential elections. Sadly Maldivian broadcasters didn't seem ready for Avahaara Ganduvaru.

Avahaara Ganduvaru Pilot Part 1


Avahaara Ganduvaru Pilot Part 2


Avahaara Ganduvaru Pilot Part 3

Tuesday, October 26, 2010

Paul the octopus dies


Paul the Octopus, the tentacled tipster who fascinated football fans by correctly predicting results at this year’s World Cup, died Tuesday.

Paul had reached octopus old age of 2 1/2 years and died in his tank on Tuesday morning in an aquarium in the western German city of Oberhausen, spokeswoman Ariane Vieregge said.

Paul seemed to be in good shape when he was checked late Monday, but he did not make it through the night. He died of natural causes, Vieregge added.

“We had all naturally grown very fond of him and he will be sorely missed,” Sea Life manager Stefan Porwoll said in a statement.

The aquarium has not yet decided how best to commemorate their most famous resident, he said.

“We may decide to give Paul his own small burial plot within our grounds, and erect a modest permanent shrine,” Porwoll said.

After rising to global prominence during the World Cup in South Africa in June and July, Paul retired from the predictions business after the final between Spain and the Netherlands—the result of which he also forecast correctly—and returned to his prime role of making children happy.

The blogosphere erupted in sympathy for Paul, although some saw him more as a tasty morsel than a departed friend. “Will they cook him Galician-style? I wonder how much a plate of Paul with a beer must cost,” wrote Jordi, alluding to the popularity of octopus as a dish in the northwest Galicia region and much of Spain.

Others were more philosophical on hearing of Paul’s death.

“For the next month I will go to class dressed in mourning, wrapped in a black suit and with my gaze lost in the horizon, as this calamitous event deserves no less,” wrote ‘relojero’ which means watchmaker. Another blogger, Pedro, saw a sinister hand at work. “An autopsy should be carried out, it’s certain some betting office killed him.”

In July, the Sea Life aquarium in Oberhausen said Paul was stepping “back from the official oracle business.

“He won’t give any more oracle predictions—neither in football, nor in politics, lifestyle or economy,” said spokeswoman Tanja Munzig. “Paul will get back to his former job, namely making children laugh.”

Paul correctly tipped the outcome of all seven of Germany’s games. He made his predictions by opening the lid of one of two clear plastic boxes, each containing a mussel and bearing a team flag.

After his World Cup soothsaying skills were revealed, the English-born Paul was appointed as an ambassador to England’s bid to host the 2018 World Cup. He had English roots, having been hatched at Weymouth Sea Life Center on England’s south coast in 2008.

Imitators sprang up all over the world, including Mani the Parakeet in Singapore and Lorenzo the Parrot in Hannover, Germany.

The latest was a saltwater crocodile named Dirty Harry, who predicted Spain’s World Cup final win and called the result of Australia’s general election by snatching a chicken carcass dangling beneath a caricature of Prime Minister Julia Gillard.

“El Pulpo Paul” became so popular in Spain that the northwestern Spanish town of O Carballino tried to borrow him and made him an “honorary friend.”

In response to hundreds of requests to bring Paul to Spain, the Madrid Zoo asked Sea Life if it would be willing to make a deal to bring him in as a tribute to the Spanish football team’s victory, either temporarily or for good. But the German aquarium turned down that offer, too.

Paul also had an agent and Paul’s name will live on the Greek island of Zakynthos, where a permanent sea turtle rescue center funded in part by donations generated by the famous octopus is being established.

Associated Press writer David Rising in Berlin and AP Sports Writer Paul Logothetis in Madrid contributed to this report.

Sunday, October 24, 2010

Niqabitch


Two young French muslim women decided to protest the recent French ban against wearing veils that cover the face, by walking around Paris in Niquab veil and ..... mini-skirt. Creating quite a stir

The sight of two young Muslim women parading through Paris wearing niqabs and mini skirts has simultaneously upset and delighted passersby.

They were protesting at France's burqa ban, as an attack on what people could wear in public.

The duo, calling themselves Niqabitch, said on site rue89: "We're not looking to attack or degrade the image of Muslims, everyone has their thing.

"The point that has angered us, beyond the general injustice of this law, is the hypocrisy of all those MPs wrapping themselves in the sacred flag of feminism under the pretext of defending the rights of women.

"That's great for them, thanks. But do we really need to ban the burqa to remind people that it's against the law to force people to do things against their will?

"Telling us what we can wear now becomes the role of the state, as if they don't have anything better to do."

They added: "The public seemed to like the look. The police were a partly annoyed, partly enthusiastic, and the fireman honked at us."


Niqabitch secoue Paris from NiqaBitch on Vimeo.